ފިލްމީތަރި ފައުޒިއްޔާ ޙަސަން ނިޔާވެއްޖެ
ދިވެހި ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ފައުޒިއްޔާ ޙަސަން ނިޔާވެއްޖެއެވެ.
އެނގިފައިވާާ ގޮތުގައި މިއަދުގެ ވަގުތެއްގައި ފައުޒިއްޔާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި, ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
ފައުޒިއްޔާއަކީ ފިލްމީ ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މަންމައެއްގެ ރޯލު ކުޅުއްވައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ފައުޒިއްޔާ ކުޅުއްވި ފިލްމުތަކުގެތެރޭގައި, ''ލޯތްބަށްޓަކައި'', ''ފިދާ'', ''ދޮންކަމަނަ'' ހިމެނެއެވެ. ޑްރާމާތަކުގެ ތެރޭގައި ''އަހަރެންގެ ޅަ ޑެޑީ'', ''ހިނިތުންވެލާށޭ ކަލާ'', ''ކުށަކާ ނުލާ'' ހިމެނެއެވެ.
Ads by Allied Insurance