ޚަބަރު

މާފުށީގައި ބަނގުރާ ގެންގުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

މާފުށީގައި ގިނަ އަދަދަކަަށް ބަނގުރާ ގެންގުޅެމުން އައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފުށީގައި ގާއިމުވެ ތިބޭ ފުލުހުންނަށް ރޭ އިރާ ކޮޅު އެ ރަށުގެ ބަނދަރުމަތިން ފެނުނު ބިދޭސީއަކަށް ޝައްކުވެގެން ހުއްޓުވައި ބެލި އިރު އޭނާގެ އަތުން އެ ވަގުތު ހަތް ދަޅު ބިއަރު ފެނުނު ކަމަށެވެ.އަދި އޭނާ އުޅޭ ގެ ބަލައި ފާސް ކުރި އިރު އެކި ބްރޭންޑްރަކުގެ 42 ފުޅި ބަނގުރާ ވެސް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ ބަންގްލަދޭޝްގެ މީހެކެވެ،

ސަރުކާރުގެ މައި ޖަލު ހުންނަ އަދި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށްފައިވާ މާފުށީގައި ބަންގުރަލުގެ ވިޔަފާރި ސިއްރުން ހިންގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!