ޚަބަރު އިޖުތިމާޢީ

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި މީހަކު ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން މީހަކު ހޯދަން ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ ހޯދަމުންދަނީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ކަމަށެވެ.

އޭނާ ހޯދަމުންދަނީ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ, ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!