ޚަބަރު

ކޮރަޕްޝަން ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރެއް އިސްތިއުފާ ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރެއް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Sosun Fihaara

ރިޔާސީ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ އެކޮމިޝަނުގެ މެންބަރު އާސް ޢަބްދުﷲއެވެ. މިކޮމިޝަނަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ކޮމިޝަނެކެވެ.

އާސް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ މިފަދަ ކޮމިޝަނެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި މިހާރު މަޤާމުން އިސްތިއުފާދެއްވިކަން އަންގަވައި ރައީސް ޞާލިޙަށް ސިޓީއެއް ފޮނުއްވާފައިވާ ކަމުގައެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާ ދެއްވީ ކީއްވެ ކަމެއް އެޓުވީޓުގައި ވިދާޅުވެފައިނުވެއެވެ.

މިހާތަނަށް ކޮމިޝަނުން ނިންމާފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ތަޙުޤީޤެވެ. އެތަޙުޤީޤު ރިޕޯޓު މިހާރުވަނީ ރައީސް ޞާލިޙަށް ފޮނުއްވާފައެވެ. މިރިޕޯޓު ފޮނުވުން ފިޔަވައި މާ ބޮޑު މަސައްކަތެއް މިހާތަނަށް ކޮމިޝަނަށް ކުރެވިފައި ނުވެއެވެ.

އާސް ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާދެއްވުމާ އެކު، މިހާރު ކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަޙްމަދު އަސްހަދާއި، ނަދީމް އިބްރާހީމާއި ޢާއިޝަތު ހަނާ ވަޙީދުގެ އިތުރުން ފާޠިމަތު ސަރީރާ ޢަލީ ޝަރީފެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!