ޚަބަރު އިޖުތިމާޢީ

ޕޮލިސް ސްޓޭޝަނަށް ވަދެ އިންޒާރު ދިން މީހާ އަލުން ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އިންޒާރުދިން މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކުރީ ކ.މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން އަޛުހާން ހައްޔަރުކޮށް, އޭނާ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލީ އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އިޖުރާޢަތްތަކާ ޚިލާފަށްކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ކޯޓު ޢަމުރެއްނެތި ކަމަށާއި, ކުށުގެ ވެށިން ނޫން ކަމަށެވެ.

ފުލުހުން އޭނާ ހޯދަން އިއުލާނުކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު އަޛުހާން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!