ލައިފްސްޓައިލް

ކޮންމެ ދުވަހަކު ކިރު ބުއިމަކީ އަންހެނުންނަށް އުރަމަތީ ކެންސަރުޖެހޭ ކަމެއް: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

އަންހެނުން ކޮންމެ ދުވަހަކު ގަވައިދުން ކިރު ބޯނަމަ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 80 އިންސައްތަ އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޑައެޓަރީ ގައިޑްލައިންސް ބުނާ ގޮތުގައި އަންހެނުން ދުވާލަކު ތިން ތަށި ކިރު ބޯން ޖެހެއެވެ. ނަމަވެސް ކެލިފޯނިއާގެ ލޯމާ ލިންޑާ ޔުނިވާސިޓީން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި މިއީ އަދި ސިއްހަތަށް އެންމެ ފައިދާ ހުރި ކަމެއް ނޫނެވެ.

މި ރިޕޯޓުގައިވާ ގޮތުން ކިރު ތައްޓެއްގެ ތިން ބައި ކޮށްފަ އެއްބައި ބޯ މީހުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ 30 އިންސައްތަ އޮވެއެވެ. އަދި ކިރު ތައްޓަކުން ނުވަތަ 240 އެމްއެލް ދުވާލަކު ބޯނަމަ މި އަދަދު 50 އިންސައްތައަށް އިތުރުވެއެވެ. އެހެންކަމަށް ވާނަމަ ދުވާލަކު ތިން ތަށި ކިރަށް ވުރެ ގިނައިން ކިރު ބޯ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ 80 އިންސަައްތަ ނުރައްކާ އޮވެއެވެ.

މި ދިރާސާކޮށްފައިވަނީ އަށް އަހަރުން މަތީގެ 53000 އަންހެނުން ހިމައިގެންނެވެ. ކެންސަރު ޖެހުމަށް ދިމާވާ މައިގަނޑު ސަބަބު ސައިންޓިސްޓުންނަށް ހޯދިފައިނުވާ އިރު ސައިންޓިސްޓުން ދެކެނީ އެއީ ގެރީގެ ކިރުގައި ހުންނަ ހޯމޯނެއްގެ ސަބަބުން ކަމުގައެވެ.

އުރަމަތީ ކެންސަރަކީ އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް އެންމެ އާންމު އެއް ބައްޔެވެ. އެމެރިކާ އިން އެކަނި ވެސް ކޮންމެ އަހަރަކު 276000 އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!