ޚަބަރު

އުމްރާ އަށް މީހުން ގެންދިޔުން މަޑުޖައްސާލަން ކުންފުނިތަކަށް އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ސަބަބުން އުމްރާ އަށް މީހުން ގެންދިޔުން މަޑުޖައްސާލަން ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުން ހުއްޓާލާ އަދި މިހާރުން ފެށިގެން ވަގުތީ ގޮތުން އެގައުމަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ޢުމްރާއަށް މީހުންގެންދާ ކުންފުނިތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

ސައޫދީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ސައޫދީގެ ރައްޔިތުންނާއި، އުމުރާގެ އަޅުކަމަށް މައްކާއަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އުމްރާ އަށް މީހުން އައުން މަނާކުރަން ނިންމީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

މީގެއިތުރުން ސައުދީން ވަނީ މި ބަލި މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ މީހުން އެގައުމަށް އެތެރެވުން ވެސް މަނާކުރަން ނިންމާފައެވެ.

މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ސައުދީގެ އަވަށްޓެރި ގައުމުތަކުން މި ބަލި ޖެހިފައިވާ މީހުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހުން އީރާނުން ވެސް ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް އެގައުމުން ވަނީ 19 މީހަކު މަރުވެފައެވެ.

މީގެއިތުރުން ކުވެއިތާއި، ބަހްރެއިން އާއި އޮމާން އާއި ލުބްނާން އާއި އިރާގު އަދި ޔޫއޭއީއިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!