އެންމެ ބޮޑު ގޮންޖެހުމަކީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ހަމަޖެހުން ނެތުން: ސަޢުދުﷲ

ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ހަމަޖެހުން ނެތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަޢުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސަޢުދުﷲ މިއަދު ވިދާޅުވީ ޕޮލިޓިކަލް ސްޓެބިލިޓީއަކީ ޤައުމުގެ އިގުތިސާދާއި އިޖުތިމާޢީ އެތައް މައްސަލަތަކެއް އޭގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ކަމަށެވެ.
ދުނިޔޭގެ ބޮޑެތި އިގުތިސާދު އޮތް ބޮޑެތި ބާރުތަކުން ވެސް ފެނިގެންދަނީ ޕޮލިޓިކަލް ސްޓެބިލިޓީ ނެތުމުގެ ސަބަބުން އެ ޤައުމުތަކުގެ އިގުތިސާދު ހަލާކުގެތެރެއަށް ވެއްޓި އިންފްލޭޝަން މަތިވެ ރައްޔިތުން މަގުމައްޗަށް ނުކުންނަމުންދާ މަންޒަރުކަމަށް ސަޢުދު ﷲ ވިދާޅުވިއެވެ.
ސަޢުދުﷲ ވިދާޅުވީ ވެރިކަން ހޯދުމަށް ޤައުމުގެ މަސްލަހަތަށް އިސްކަންދޭންޖެހޭ ކަމަށެވެ.