އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯ އިން ދަގަނޑުގެ އަގުތައް ދަށްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކަމުންދާ ދަގަނޑުގެ އަގު މިއަދުން ފެށިގެން ދަށްކުރަން އެ ކުންފުނިން ނިންމައިފިއެވެ.

Ads by MWSC

އެސްޓީއޯއިން ވަނީ ދަގަނޑުގެ ބާވަތްތަކުން 14 އިންސައްތަ އާ ހަމައަށް އަގުތަށް ދަށްކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ދިޔުމުގައި، ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން، ދަގަނޑުގެ އަގުތަކަށްވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

ނަމަވެސް ރާއްޖޭގެ މާރކެޓް ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް، އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައެވެ. ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުން ދާއިރު، އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!