Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
މުނިފޫހިފިލުވުން

ބޭނުމީ އަކަންޝާގެ ނަން އަތުން ފޮހެލަން: ޕާރަސް

ބޭނުންވަނީ ކުރީގެ ލޯބިވެރިޔާ އަކަންޝާ ޕުރީގެ ނަން ލިޔެ އަތުގައި ކުރެހި ޓެޓޫ ފޮހެލަން ކަމަށް ބިގްބޮސް ސީޒަން 13 އިން ފެނިގެން ދިޔަ ޕާރަސް ޗާބްރާ ބުނެފިއެވެ.

އޭނާ އެހެން ބުނީ، އަކަންޝާ އަތުގައި ޕާރަސްގެ ނަން ލިޔެފައި އޮތް ޓެޓޫ ފޮހެލުމުންނެވެ. އެކަމާއި ގުޅިގެން ޕާރަސް ބުނީ، އޭނާވެސް އަކަންޝާގެ ނަން އަތުން ފޮހެލަން ބޭނުންވާ ކަަމަށާއި ނަމަވެސް، މަސައްކަތުގައި ބުރަކަމުން ވަގުތު ނުވަނީ ކަމަށެވެ.

ޕާރަސް އަދި އަކަންޝާ 5 އަހަރަށްވުރެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ގުޅުން ނިންމާލަން ނިންމީ، ޕާރަސް ބިގްބޮސްގެ ޝޯގައި އުޅެނިކޮށް އަކަންޝާ މީޑިއާތަކުގައި ޕާރަސް އާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

Advertisement
Allied Insurance — Square (box)

ޕާރަސް ވަނީ އޭނާއަށް ބިގްބޮސް 13 ގެ ޓްރޮފީ ކާމިޔާބު ނުކުރެވުނީވެސް އަކަންޝާގެ ސަބަބުން ކަމަށްބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް