ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން 90،000 ރުފިޔާ ހޭދަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭ ހިނގި އަލިފާނުގެ ހާދިސާ... ފޮޓޯ/ވަން

ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވާން މިހާތަނަށް 90،000އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު ވަނީ މަރުވެފައެވެ.

އެންޑީއެމްއޭއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާގައި އަލިފާނުގެ އަސަރުކޮށްގެން ހަ ގެއަކުން 29 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ވަގުތީ ބޯ ހިޔާވެހިކަން ފޯރުކޮށްދީފައިވަނީ 15 ދިވެހިންނާއި 14 ބިދޭސީންނަށް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 6 ކުޑަކުދިން ހިމެނެއެވެ.

އޭގެ އިތުރުން، އިތުރު 19 ބިދޭސީއަކަށް، އެ ފަރާތްތަކުގެ ބަދަލުވެރިން އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަައިދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޚަރަދުތަކުގެ ތަފްސީލް ހާމަ ކުރައްވަމުން އެމްޑީއޭގެ ބަޔާނުގައި ވިދާޅުވީ، އެ މީހުން ބޯހިޔާވަހި ކަމަށް 33،500ރ. އާއި އަންނައުނަށް 19،000ރ. އާއި ކެއިންބުއިމަށް 29،000ރ. އިތުރަށް އެހެނިހެން ހަރަދުތަކާ އެކު، 90،133 ރުފިޔާ މިހާތަނަށް ޚަރަދުވެފައިވާ ކަމަށެވެ. އެއީ ފަސް ދުވަހުގެ މުއްދަތަށް ދާނެ ޚަރަދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!