ޚަބަރު ޝަރުޢީ ދާއިރާ

ބްލެކްމެއިލް ކުރި މައްސަލަ: ދަޢުވާކުރަން ފޮނުވުމުން ހެކި ނެތިގެން އަނބުރާ ފޮނުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު ގިނަ ޢަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ހުށަހެޅުއްވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލައްވައިފިއެވެ.

Ads by Sosun Fihaara

ގިނަ ޢަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް, އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި, ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް, އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރުގައެވެ. އޭގެތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލި ކަމަށް ފުލުހުން ބުނި ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

ހައްޔަރުކުރި އިތުރު މީހުން:

ޙަމްދޫން ޢަބްދުﷲ (37އ), ބ. ދަރަވަންދޫ، އަކިރި.

މުޙައްމަދު މިހާދު މުޞްޠަފާ (24އ), ބ. ދަރަވަންދޫ، ހީމަ.

މައުމޫން މޫސާ (41އ) , ށ. ފުނަދޫ، ސީސްޓަރ.

މިދިޔަ އޮކްޓޫބަރުގެ ދެވަނަ ދުވަހު ޙަމްދޫން ވަނީ ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް ދެން ތިބި ދެ މީހުންގެ މިހާރު ތިބީ ބަންދުގައި ކަމެއް ނުވަތަ ނޫންކަމެއް ސާފުވާ ގޮތެއް ނުވިއެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ''ދެން'' އަށް ވިދާޅުވީ މި މައްސަލައިގައި ހަތަރު މީހަކަށް ދަޢުވާކުރުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުއްވި ކަމަށާއި ނަމަވެސް ދަޢުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ހަތަރު މީހުންގެ ބައި އަނބުރާ ފޮނުވާލައްވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަޙްޤީޤު މިހާރު ގޮސްފައިި އޮތް ހިސާބާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!