ލުއި ޚަބަރު

އަންނަ އަހަރު، ދުނިޔޭގެ ހޫނު މިން ރެކޯޑް މިންވަަރަކަށް މައްޗަށް ދިޔުުމުގެ ބިރު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އަންނަ އަހަރު ދުނިޔޭގެ ހޫނު މިން، ހިނގަމުން މިދާ އަހަރާ އަޅައިބަލާއިރު، ރެކޯޑް މިންވަރަކަށް މައްޗަށް ދާނެ ކަމަށް މާހިރުން ލަފާ ކޮށްފިއެވެ.

މޫސުމާބެހޭ ސައިންސްވެރިން ބުނާގޮތުގައި އަންނަ އަހަރު ވާނީ 1850 އާއި 1900 އާ ދެމެދުގެ އަހަރުތަކުގައި ފިނިހޫނުމިން ހުރި ވަރަށް ވުރެ އެއް ޑިގްރީ ސެލްސިއަސް މައްޗައް ދާނެ ޖެހިޖެހިގެން 10 ވަނަ އަހަރަށެވެ.

މިހައިތަނަށް އެންމެ ހޫނު ގަދަ އަހަރު ކަމުގައި ރެކޯޑު ކުރެވިފައިވަނީ 2016 ވަނަ އަހަރުއެވެ. އެހެންނަމަވެސް މި ދިޔަ ތިން އަހަރުގައި ދުނިޔޭގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއީ ޕެސިފިކް ކަނޑުގެ ސާފޭސް ޓެމްޕަރޭޗަރ ދަށްވުމުން، އޭގެ އަސަރުން ދުނިޔޭގެ ޓެމްޕަރޭޗަރވެސް ދަށްވުމުންނެވެ.

މި އަހަރުގެ ނޮވެމްބަރު މަހު މިޞްރުގައި ބޭއްވި ކޮޕް 20 ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަސަރުކުރާ ޤައުމުތަކަށް އެހީވާން ފަންޑެއް އެކުލަވާލުމަށް އެއްބަސްވެފައިވީނަމަވެސް، މިފަދަ ބަދަލުތައް އައުމަށް މެދުވެރިވާ ކާބަން އެމިޝަންސް މަދު ކުރުމަށް ކުރެވޭނެ ކަންތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!