މުނިފޫހިފިލުވުން

ހަތުރޯންކީ ކިލާޑީ 10: ރާނީ ޗަޓަރުޖީ ކަޓައިފި

ދެން އެމްވީ ، ދެން އޮންލައިން

ކަލަރސް ޓީވީއިން ގެނެސްދޭ ހަތުރޯންކީ ކިލާޑީ ގެ ސީޒަން 10 ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހެވެ. މިދިޔަ ހޮނިހިރު ދުވަހު ޝޯގެ ފުރަތަމަ އެލިމިނޭޝަން ސްޓަންޓުން ކާމިޔާބު ނުކުރެވުމުގެ ސަބަބުން ރާނީ ޗަޓަރުޖީ ވަނީ ޝޯއިން ކަޓައިފައެވެ.

ރާނީ އަކީ ޝޯއިން ކެޓި ފުރަތަމަ ބައިވެރިޔާއެވެ. މިހާރު ޝޯގައި ބާކީ ތިބީ ކަރިޝްމާ، ކަރަން ދަރުމޭޝް، ބަލްރާޖް، އަމްރިތާ ތޭޖަސްވީ، އަދާ، މަލިޝްކާ، އަދި ޝިވިން އެވެ.

މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެޓީ ހުށަހަޅައިދޭ މި ޝޯ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ޝޫޓް ކޮށް ނިންމާފައެވެ. މިފަހަރުގެ ޝޯ ގެނެސްދެނީ ބަލްގޭރިއާގައެވެ.

އިންޑިއާގެ ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި، އެންމެ ބޮޑު އަގު ދީގެން ޝޯ އަށް ގެނައީ، ސްޓަރ ޕްލަސް އިން ކުރިން ދެއްކި "ޔޭ ހޭ މޮހާބަތޭ" ގެ ބަތަލް ކަރަން ޕަޓޭލް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!