ޚަބަރު

ނީލަން ފިހާރައިގައި ރޯވެ، އަނދަމުން ދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިރަށް މާލޭގައި ހުންނަ ނީލަން ފިހާރައިގައި، ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

Ads by STELCO

އެތަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އލިފާން ނިންވުމުގައި އެމްއެންޑީއެފްގެ ފަޔަރ ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާންގަނޑު މިހާރުވެސް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ނީލަން ފިހާރައިގެ ތިން ބްލޮކެއްގައި ހިނގައިދިޔަ މި ހާދިސާގައި ވަނީ ރޯވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައި ކަަމަށެވެ.

އަލިފާން ރޯވި ތިން ބްލޮކްގައި ތިބީ މުޅިންވެސް ބިދޭސީންނެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނެވެ. އެ ހުރިހައި އެންމެންވެސް އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިންވަނީ ހާމަކުރައްވައިފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން، ދުމުގެ އަސަރު ކުރުމުގެ ސަބަބުން، އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވަނީ ފަސްކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!