ޚަބަރު

ނައިބު ރައީސް ފައިސަލް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ޒިޔާރާތް ކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ދެން

ވެރިރަށް މާލޭގެ އޯކިޑް މަގުގައި ހުންނަ އީވްނިން ކެފޭގަައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރާތް ކުރައްވައި، ޙާލަތު ބައްލަވައިލައްވައިފިއެެވެ.

Ads by Hajj Corporation

އަލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 18:12 ގައެވެ. މި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އެ ސަރަހައްދަށް މީހުން އެއްވުން ވަނީ މަނާކޮށްފައެވެ.

އަދި މި ޙާދިސާއާ ގުޅިގެން ކައިރި ބައެއް ގެތަކުން މީހުން ހުސްކޮށްފައިވާއިރު، ދުމުގެ އަސަރު ކުރި ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަަމަށް އެ ސަރަހައްދުގައި ހުރި "ދެން"ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

މި ފަހުން މާލޭގައި ހިނގި އަލިފާނުގެ ހާދިސާތައް ހިނގައިދިޔަ ގޮތް ތަހުޤީޤު ކުރުމަށް ބޭރުގެ ތަޖުރިބާ ހުރި ވަފްދެއް ވަނީ ރާއްޖެ ގެނެސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!