ޚަބަރު

މި ސަރުކާރަށް ތާއީދެއް ނުކުރަން: އިލްހާމް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ތާއީދު ނުކުރާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޖޭޕީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާ އަކީ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހެއް ނޫންކަމަށެވެ.

އަދި މިސަރުކާރުން ޖުޑިޝަރީއާއި ދޭތެރޭގައި އަމަލުކުރަމުން ދަނީ ހިތުހުރި ގޮތަކަށްކަމަށާއި ޖޭޕީގެ މިސްރާބު ހުރި 2023 ގެ ރިޔާސީ އިންތިހާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކާޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު އިލްހާމް ވިދާޅުވީ ބާރުތައް ކައުންސިލްތަކަށް ނުދޭނެކަމަށެވެ.

"ރަށްވެހި ފަތިސް! ކޮންކަމެއް ކުރަނީ؟... އަނގައަށް އެޅެނީ؟... ރަށްވެހި ފަތިސް ވަރަށް ރީތި އިބާރާތް. ކޮންކަމެއް ކުރަނީ؟"

މީގެ އިތުރުން ކޯލިޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ޖޭޕީން ކޯލިޝަންގައި އޮންނާކަށްވެސް އަދި ނޯންނަންވެސް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށެވެ. އަދި ކޯލިޝަން ކިޔާކަމަށްވާނަމަ އެގޮތުގައި ދެމިއޮތުމަށް ބޭނުންވާކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ މާޒީއަށް ބެލުމުން ކޯލިޝަނުން ޕާޓީއެއް ވަކިކުރުން އެހާ ރަނގަޅު ނޫންކަން ފެންނާނެ ކަމަށެވެ. އަދި "ކަރުގައި ހިފަހައްޓައިގެން" ތިބުމުން ބޭނުންވާ އެއްޗެހި ނުކިޔޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!