9 އަތޮޅެއްގައި ފަތުރުވެރިކަމުގެ 14 މަޝްރޫއެއް ފަށަނީ

އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން 14 މަޝްރޫއެއް ފަށަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ރިސޯޓު ހަދަން ބީލަމަށް ލާން ނިންމި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ. އަދި ހދ. އަތޮޅަށް 3 ޕްރޮޖެކްޓް، މ. އަތޮޅަށް 1 ޕްރޮޖެކްޓް، ތ. އަތޮޅަށް 1 ޕްރޮޖެކްޓް، ގއ. އަތޮޅަށް 2 ޕްރޮޖެކްޓް، ގދ. އަތޮޅަށް 3 ޕްރޮޖެކްޓް، ކ. އަތޮޅަށް 1 ޕްރޮޖެކްޓް، ފ. އަތޮޅަށް 2 ޕްރޮޖެކްޓް އަދި ރ. އަތޮޅަށް 1 ޕްރޮޖެކްޓެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރަށްތައް ކަނޑައެޅުމުގައި ބޮޑު ތިލަދުންމައްޗަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީފައިވާނެ ކަމަށެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދާނެ ރަށްތަކާއި ފަޅުތައް އަންނަ ހަފުތާގައި ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.