Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އަނބިމީހާއަށް ކޮރޯނާ ވައިރަސް ޖެހިއްޖެކަމަށް ބުނެ ފާޚާނާގައި ބަންދުކޮށްފި

އަނބިމީހާ އަށް ހުރީ ކޮރޯނާ ވައިރަސް ޖެހިފައިކަމަށް ބުނެ ލިތުއޭނިއާގެ ފިރިހެނަކު އޭނާގެ އަންހެނުން ފާޚާނާގައި ބަންދުކޮށްފިއެވެ. ފިރިމީހާ މިހެން ކަންތައް ކޮށްފައިވަނީ އިޓަލީ އެގައުމަށް ދިޔަ ޗައިނާގެ މީހަކާއި އަނބިމީހާ ބައްދަލުކުރުމުންނެވެ.

ފިރިމީހާ މިފަދައިން ކަންތައް ކުރުމުން އަނބިމީހާ ވަނީ ފުލުހަށް ގުޅައި ރިޕޯޓުކޮށްފައެވެ. ފުލުހުން އައިސް އަންހެން މީހާ ސަލާމަތްކޮށް ކޮރޯނާ ވައިރަހަށް ޓެސްޓުވެސް ކޮށްފައިވެއެވެ. ކޮރޯނާ ވައިރަހަށް އަންހެން މީހާ ނެގަޓިވްވެފައިވާއިރު އޭނާ ބުނެފައިވަނީ ފިރިމީހާ އާއި ދެކޮޅަށް އެއްވެސް ދައުވާ އެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ލިތުއޭނިއާއިން މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ އެންމެ ކޭސް އެކެވެ. މިހާތަނަށް 70 އަށްވުރެ ގިނަ ގައުމުން ކޮރޯނާ ވައިރަސް ވަނީ ފެނިފައެވެ.

Advertisement
Ooredoo — Square (box)

ޖުމްލަ 90 ހާހަށް ވުރެ ގިނަ މީހުނަށް ކޮރޯނާ ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވާއިރު މި ބަލީގައި 3000 މީހުން ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް