ޝިއާއުގެ މަރު: ޝާހިލަށް ވަކީލަކު ހަމަޖައްސައި ދެނީ

މާލޭގެ ގެއެއްގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުގެ މައްސަލާގައި ދަޢުވާ ލިބޭ ޢަލީ ޝާހިލަށް ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުޞަތު ދީފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުޞަތު ދީފައިވާކަމަށެވެ.
ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން ހަތަރު ދައުވާއެކެވެ. އިތުރު ހަތަރު ދައުވާގެ ތަފްސީލެއް ޕްރޮސިކިއުޓަ ޖެނެރަލް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ޏ.ފުވައްމުލަކު، ކުރި، މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (22), މަރާލައިފައި އޮއްވާ ފެނުނީ ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައެވެ.