ޚަބަރު

ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި އެވެ.

Ads by STELCO

ރައީސް ސޯލިހުގެ ގަރާރަކުން މި ބޯޑު އުފައްދަވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި ބޯޑަށް ވަނީ ހަތް މެމްބަރަކު އައްޔަން ކުރައްވާފައެވެ.

އެގޮތުން މި ބޯޑުގެ ޗެއާޕާސަން އަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އަހުމަދު ޝަރީފް، އަޖުވަދު މުސްތޮފާ، އިބްރާހިމް ނައީމް، ޑރ. މުހައްމަދު އާދިލް، ޝިފާޒް އަލީ އަދި ޝުހާދު އިބްރާހިމް އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ހިނގާތޯ ބެލުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާ އެކެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!