ޚަބަރު

އިސްލާމް ދީނާއި ދެކޮޅު ޖަމިއްޔާއަކަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމިއްޔާއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެހީތެރިކަމާއި އެކުގައި އެފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކާ ވާހަކަތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް ރާއްޖެ ގެނެސް ވޯކްޝޮޕްތައް ހިންގަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއި އެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކަމަށެވެ. އިންޑިއާގެ މުސްލިމުންނަށް ދެމުންދާ އަނިޔާއަށް މި ސަރުކާރުގެ ވެރިން ތިއްބަވަނީ ހަނު ކަމަށް ވިދާޅުވެ ހަލީލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އެއްވެސް ޖަމިއްޔާއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ބާއްވާ މައްސަލާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހުގެ ގަވާއިދަށް ނުފެތޭ މައްސަލައެއް ކަމަށް ވިދާޅުވެ އެ މައްސަލަ ރައީސް ނަޝީދު ވަނީ އެޖެންޑާ ނުކުރައްވާ ދޫކޮށްލައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!