ރައީީސް ނަޝީދު ގެންގުޅުއްވަނީ އެމްޑީޕީ ދޫނުކުރައްވައި، ވަކި ގޮފިތަކެއް ހެއްދެވުމުގެ ވިސްނުން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތަސް އެމްޑީޕީ ދޫނުކުރައްވައި، ވަކި ގޮފިތަކެއް ހަދައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޕްރައިމަރީން ނާކާމިޔާބު ރައީސް މުޙައްމަދު ނަޝީދު ހާމަ ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން މިއަދު ރައީީސް ނަޝީދު ވަނީ ބަލި ޤަބޫލު ކުރައްވައިފައެވެ.
މިއަދު އެ މަނިކުފާނުގެ ކެމްޕޭން ޓީމްތަކާ އެކީ ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓްގައި ބޭއްވި މެންދުރު ކެއުމުގެ ތެރޭގައި ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނަަމަވެސް ނަޝީދު މިހާރު ބޭނުންވެވަޑައިގަންނަވަނީ އެ މަނިކުފާންގެ ކެމްޕޭން ސްލޯގަންއަކަށް ބޭނުން ކުރެއްވި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.
"އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އުވޭނެ ޕާޓީއެއް ވެސް ނޫން. ބަލިވާނެ ޕާޓީއެއް ވެސް ނޫން. އެއީ ގަދަ ޕާޓީއެއް."
ރައީީސް ނަޝީދު ވިދާޅުވީ ދުވަހަކު ވެސް އެމްޑީޕީ ދޫނުކުރައްވާނެ ކަމަށެވެ.
މައުމޫނާއި ޔާމީން ، ނަޝީދާއި ސޯލިހު !
ޚިޔާލޭފޮލާއެއް އަބަދަކުނުކެއްކޭނެ އަދިކެއްކިޔަސް އަބަދަކުއެފޮލާކައި އެއަށްހެއްލޭނެމީހުނެއްނުތިބޭނެ