ޚަބަރު

ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް ވެސް ކޮރޯނާ ވައިރަސް(ކޮވިޑް-19) އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމާ ގުޅޭ ކުއްލި މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމާ ގުޅޭ ކުއްލި މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔޭގައި އުޅޭ ބައްޔެއްނަމަ ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔެއިން ބޭރުގައި ވާ ބައެއްވެސް ނޫންކަމަށާއި ދުނިޔޭގައި ވާ ކަމެއް ރާއްޖެއަށްވެސް ވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ބަލި ޖެހުމުން ކުރިއަށްދާންޖެހޭނީ ބަލީގެ ފަރުވާއާއި ނިޒާމު ވަރުގަދަކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކަންބޮޑުވެގެން ނުވަތަ މިކަމާ އަޅުގަނޑުމެން ދެން ހާސްވެ ދުއްވައިގަނެ މުދާ ބައްކޮށް ގެއަށްވަދެ ފިލާ، މިބާވަތުގެ ކަންކަމުގެ ތެރެއަށް ގައުމުދާން އުޅުން އެއީ އަޅުގަނޑު ދެކޭގޮތުގައި ޒިންމާދާރު ކަމެއްވެސް ނޫން. ބުއްދިވެރިކަމެއް ވެސް ނޫން. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑު ދެކޭގޮތުގައި ދިވެހި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީ ނުވެދާނެ ކަމެއްގޮތުގަ ދެކެން ވަރަށް އުނދަގޫ. ދިވެހިރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިބަލި ނާންނާނެކަމަށް ހިތަށްވައްދާ ގަބޫލުކުރަން ވަރަށް ދަތިކަމަށެވެ. އަދި ރާއްޖެއަށް މިބަލި އައުން ވަރަށް އެކަށީގެންވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ މިފަދަ ކަންކަމަށް ވަރަށް ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!