ޚަބަރު

ވައިރަހާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ ކުއްލި މައްސަލައެއް މަޖިލީހަށް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) އާ ގުޅިގެން ކާޑުގެ ދަތިކަން ދިމާވެދާނެތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.

މި މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އަދި މިކަމަށް ނެގި ވޯޓުގައި ބައިވެރިވީ މަޖިލީހަށް ހާޟިރުވެ ހުންނެވި 45 މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ. މި މައްސަލަ ބަލައިގެންނަން ފެންނަކަމށް 44 މެންބަރުން ވޯޓު ދެއްވިއިރު، ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް ފަރާތަކުން ވޯޓުދެއްވާފައެއް ނުވެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ކޮރޯނާ ވައިރަސް އަވައްޓެރި ގައުމުތަކުގައި ފެތުރެމުންދާތީ އާއި ރާއްޖޭގައި ފެތުރުމުގެ ބިރު ވަރަށް ބޮޑު ކަމަށް، ކަމާއިގުޅޭ އިދާރާތަކުން ބުނެފައިވާތީ މި ބަލީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ ކަމަށެވެ.

އަދި ރާއްޖޭއަކީ ތެލާއި ކާޑުގެ ބާވަތްތައް ބޭރުން އެތެރެކުރާ ގައުމަކަށް ވެފައި އެތަކެތި އަތޮޅުތަކަށް ބެހިގެންދަނީ އާންމުން ދަތުރުކުރާ އަޅަނދުތަކުގައި ކަމަށް ވާއިރު ރަށްރަށުގައި ތެލާއި ކާޑުގެ ބާވަތްތައް ރައްކާކުރެވެން ނުހުންނަކަމަށާއި އަދި ރަށްތަކަށް އެތަކެތި ގެންދަނީ ދެ ހަފްތާގެ މުއްދަތަށް ބޭނުންވާވަރަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ ނަމަ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓު ފަހަރުގެ ދަތުރު ހުއްޓި ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް އެތެރެ ކުރުން ހުއްޓިދާނެ ކަމަށެވެ. މިހެން ވެއްޖެ ނަމަ ރަށްރަށްވެސް އަދި ރާއްޖެއަށްވެސް އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތައް އެތެރެ ކޮށްފައިނުވާތީ އެ ވައިރަސްގެ ސަބަބުން ރާއްޖޭގެ ރަށްތައް ތެލާއިކާޑަށް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަމާއި ގުޅިގެން ސަރުކާރުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާތީ، ރައްޔިތުންނަށް ދަތިކަން ނުފޯރާނެ ވަރަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ގޮވާލާ އަދި ރަށްތަކުން ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ގަރާރެއްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!