ދުނިޔެ

ސިނގިރޭޓު ބޯ މީހުނަށް ކޮރޮނާ ވައިރަހުގެ އަސަރު ބޮޑު

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާ ވައިރަހުގެ ބިރުވެރިކަން ވަނި މުޅި ދުނިޔެއަށް ވެރިވެފައެވެ. ބައްޔަށް ފަރުވާއެއް އަދި ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ޞިއްހީ މާހިރުން ދަނީ އިރުޝާދު ދެމުންނެވެ.

Ads by Sosun Fihaara

ތަޖުރިބާކާރުން ދާދި ފަހުން ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރިވި މީހުންނަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެފަދައިން ސިނގިރޭޓް ބޯ މީހުނަށް ވެސް މީގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.

އޮސްޓްރޭލިއާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި 17000 ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު ކޮރޮނާ ވައިރަހުގެ ނުރައްކާތެރިކަން އޮސްޓްރޭލިޔާއަށް ނުހަނު ބޮޑެވެ.

މީގެ ފަހަތުގައިވާ އަސްލު ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު ސައިންޓިސްޓުން ބޮޑަށް ބުރަވަނީ ދުމުގެ ސަބަބުން މި މީހުންގެ ފުއްޕާމޭ އަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާނެ ކަމަށާއި އެކަމުގެ ސަބަބުން ވައިރަހުގެ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި މި މީހުން ގެ ތެރެއިން ވެސް ކުރީގައި ފުއްޕާމޭގެ އެއްވެސް މައްސަލައެއް ދިމާވެފައިވާ މީހެއް ނަމަ ވައިރަހުގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ.

ވައިރަހުގެ ނުރައްކާ ދެން އެންމެ ބޮޑީ ކުޑަކުދިންނަށް ކަމުގައި ސައިންޓިސްޓުން ބުނެއެވެ. އެއީ ކުޑަކުދިންގެ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!