ޚަބަރު

ވިސްނުން އެއްގޮތް ނުވުމަކީ ގައުމު ހަލާކުގެ ތެރެއަށް ދިއުމަށް އެދެން ޖެހޭ ސަބަބެއް ނޫން: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

އެންމެންގެ ވިސްނުން އެއްގޮތް ނުވުމަކީ ގައުމު ހަލާކުގެ ތެރެއަށް ދިއުމަށް އެދެން ޖެހޭ ސަބަބެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣުނީ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި އެގޮތުން ކާމިޔާބު ކުރާނީ އިދިކޮޅު "ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން" ކަމަށެވެ.

މުޢުނީ އަށް ރައްދު ދެއްވައި އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިސްނުން އެއްގޮތް ނުވުމާއި ހިޔާލު ތަފާތު ވުމަކީ ގައުމު ހަލާކުގެ ތެރެއަށްއެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ނޭދޭނަން ދުޝްމަނަކަށް ވެސް ބަލިޖެހި ނެތި ފަނާވާކަށް." އަދުރޭ ވިދާޅުވިއެވެ.

މި މައްސަލާގައި މުޣުނީ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވެސް އެކަމަށް މައާފަށް އެދޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!