ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި

މިއަހަރުގެ ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ފެށުމަށް ތާވަލުކޮށްފި އެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ދިގު ދަންމާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ކޮވިޑް-19 އާއި ގުޅުގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 10 އިން 24 ޖޫން އާއި ހަމައަށެވެ.
އަދި އަންނަ އަހަރުގެ އާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ތާވަލު ކޮށްފައިވަނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހަށެވެ.