ޚަބަރު

ޕާސްޕޯޓް ހިފަހައްޓަން އެންގި ދެ މީހުން ފުރުވާލީ މިދިޔަ އަހަރު: ހަނަފީ

ދެން އެމްވީ ، ދެން އޮންލައިން

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ދެ ބިދޭސީއަކު ފުރުވާލީ 2018 ވަަނަ އަހަރުގެ ތެރޭގައި ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އިން ނޭޝަނަލް އިންޓެގްރެޓޭޝަން ކޮމިޝަން(އެންއައިސީ) ގައި މިއަދު ވަނީ އެދިފައެވެ. ޕީޖީ އޮފީހުން ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝަންގެ ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ދެ މީހުން ފުރަން ހުއްދަ ދީ ފުރުވާލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކޮށްދެން އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ވާހަކަ އަށް ރައްދު ދެއްވައި ހަނަފީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެމީހުން ދޫކޮށްލި މައްސަލަ އަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި ހިނގާފައިވާ ކަމެެއް ކަމަށެވެ. އެކަމަކު އެ ދެ މީހުން ފުރުވާލި ތާރީޚެއް އޭނާ ވިދާޅެއް ނުވި އެވެ.

"މިފަދަ މައްސަލަތައް ހައްލުކުރުމަަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން، މޯލްޑިވްސް އިމިގްރޭޝަނުން ދޭނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަން،" ޓްވީޓްގައި ހަނަފީ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!