ދުނިޔެ

ހަނގުރާމައަކީ ހައްލެއް ނޫންކަމަށް އިންޑިއާއިން ބުނާ ބުނުން ތަކުރާރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ މަޝްވަރާއާއި ޑިޕްލޮމަސީގެ ވަގުތު ކަމަށް ބުނެ އިންޑިއާއިން ގްރޫޕް އޮފް 20 (ޖީ-20) ގެ މާލީ އޮފިޝަލުން ބައްދަލުވުގައި، އެ ޤައުމުން ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ މެދު ގެންގުޅޭ ސްޓޭންޑް ތަކުރާރުކޮށްފިއެވެ.

Ads by WAMCO

"މިއަދުގެ ޒަމާނަކީ ހަނގުރާމައަކަށް އޮތް ޒަމާނެއް ނޫން. ޑިމޮކްރަސީ އާއި ޑައިލޮގް އަދި ޑިޕްލޮމަސީ އަކީ ކުރިއަށް ދާނެ މަގެއް،" މި ބައްދަލުވުމަށް މަންދޫބުންނަށް މަރުހަބާ ދެންނެވުމަށް ފަހު އިންޑިއާގެ އިންފޮމޭޝަން މިނިސްޓަރު އަނޫރާގް ތާކޫރު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ މި ބައްދަލުވުމުގައި ޖީ20 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި މަރުކަޒީ ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނަންދީ ހިލްސް ސަމާ ރިޓްރީޓްގައި ބާއްވާ މި ބައްދަލުވުމަކީ އިންޑިއާގެ ޖީ-20 ގެ ވެރިކަމުގެ ފުރަތަމަ ބޮޑު ހަރަކާތެވެ.

ރަޝިޔާއިން އަވަށްޓެރި ޔޫކްރެއިންއަށް އަރައިގަތްތާ އެއް އަހަރު ފުރޭ ދުވަހަކީ ހުކުރު ދުވަހެވެ.

އިންޑިއާއިން ވަނީ ހަނގުރާމައިގައި ނިއުޓްރަލް ސްޓޭންޑެއް ހިފަހައްޓައި، ހަމަލާގެ ޒިންމާ ރަޝިއާގެ ބޮލުގައި އަޅުވަން ދެކޮޅު ހަދައި، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ގޮވާލާފައެވެ. އަދި ހަނގުރާމައާއެކު ވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ވަނީ އިތުރުކޮށްފައެވެ..

ރަޝިޔާއަކީ ޒަމާނުއްސުރެ އިންޑިއާއިން އަސްކަރީ ސާމާނު އެންމެ ގިނައިން ސަޕްލައިކުރާ ގައުމަށް ވާއިރު، މިއީ ދެކުނު އޭޝިއާގެ އެ ގައުމުގެ ފާމަސޫޓިކަލް އުފެއްދުންތަކަށް ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!