Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ސައުދީން އިތުރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ސައުދީ އަރަބިއްޔާއިން އިތުރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މި ބައްޔަށް ޕޮޒިޓިވްވި ސައުދީގެ ދެވަނަ މީހާއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ވައިރަސް ފެނިފައިވަނީ އިރާނަށް ދަތުރުކޮށްފައި، ބަހްރެއިންގެ މަގުން ސައުދީ އަށް އެނބުރި އައި އެގައުމުގެ ފިރިހެނެއްގެ ގައިން ކަމަށެވެ. ސައުދީ އަށް އެތެރެވުމުގެ ކުރިން އިރާނަށް ދަތުރުކޮށްފައިވާކަން އޭނާ ބުނެފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އޭނާ އަށް މިހާރު ކަރަންޓީނު މަރުކަޒެއްގައި ފަރުވާދެމުންދާއިރު، އޭނާއާ ބައްދަލުވި އެންމެން ވެސް ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެމީހުންގެ ނަތީޖާ ފަހުން އިއުލާން ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކޮރޯނާ ވައިރަސް އިރާނުގައި ވަރަށް ބޮޑަށް ވަނީ ފެތުރިފައެވެ. އެގޮތުން މިހާތަނަށް މި ބައްޔަށް އިރާނުން 2،922 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 92 މީހަކު ވަނީ އެގައުމުން މަރުވެފައެވެ. އިރާނަކީ ޗައިނާ ފިޔަވައި މި ބަލީގައި ދެން އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް