Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
މުނިފޫހިފިލުވުން

އޮލިމްޕަހަށް "އަނދިރިކަން" އަތުވެއްޖެ

ފިލްމީތަރި އަލީ ސީޒަން ޕްރޮޑިއުސްކުރި ލޯބީގެ އަސަރުގަދަ ފިލްމު "އަނދިރިކަން" ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކޮށްފިއެވެ.


މިފިލްމަކީ އެސް ޕްރޮޑަކްޝަންސް އާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.
ސީޒަންގެ ކޮންސެޕްޓަކަށް މިފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަަޙުމަދު ޒަރީރުއެވެ.

Advertisement
Ooredoo — Truecaller (box)


ކައިވެންޏެއްގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ މިފިލްމު ޑައިރެކްޓުކޮށް ލީޑް ރޯލް ކުޅެފައިވަނީ ވެސް ސީޒަން އެވެ. އޭނާ އާއެކު ދެން މިފިލްމުން ފެނިގެންދަނީ ޝީލާ ނަޖީބު އާއި އައިމިނަތު ރިޝްފާ އެވެ.

"އަނދިރިކަން"ގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ނެގުމަށް ގުޅާނެ ހޮޓްލައިން އަކީ 7384040 އެވެ. ރޭ މާލޭގައި މިފިލްމުގެ ޕްރިމިއާ ކޮށްފައިވާއިރު، މިމަހުގެ 06 ގައި ބ. އޭދަފުއްޓާއި ދަރަވަންދޫގައި ވެސް މި ފިލްމު ދައްކާނެ ކަމަށް އެނގިފައިވެއެވެ.

ދަރަވަންދޫ ޝޯވއަށް ޓިކެޓް ނެގުމަށްވެސް 7384040 ނަންބަރު ފޯނާއި ގުޅާލުމަށާއި އޭދަފުށިން ޓިކެޓް ހޯދުމަށް 7702200 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑިއުސަރު އެދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް