ޓްވިޓަރއިން ހަފްތާ ބަންދުގައި 200 މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފި

ޓްވިޓާއިން ހަފުތާ ބަންދުގައި ގާތްގަނޑަކަށް 200 މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފިއެވެ.
މިއާއެކު، އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަދަދު ވަނީ، 10 އިންސައްތަ މަދުވެފައެވެ.
ޑަބްލިންގައި ޔޫރަޕްގެ މައި މަރުކަޒު ހުންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެލޮން މަސްކް ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މަސްކް އެ ކުންފުންޏާ ހަވާލުވިއިރު، ޓްވިޓާގެ މުވައްޒަފުންގެ އަދަދު ހުރީ 7،500 ގައެވެ.
ބްލިންގައި ތިބި މީހުން ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްވިޓާގެ ސްޓާފުން އެކި ގޮތްގޮތުން ވަޒީފާ އިން ވަކިކުރަން ވަނީ ފަށައިފައެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ އިތުރު 200 މުވައްޒަފަކު ދޫކޮށްލާފައިވާއިރު، އޭގެ ސަބަބުން ބައެއް ޕްރޮޑަކްޓް މެނޭޖަރުންނާއި އިންޖިނިއަރުންނާއި ސައިޓް ރިލައިބިލިޓީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދައުރަށް ވަނީ އަސަރުކޮށްފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ޓްވިޓާއިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މަސްްކް ވަނީ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 3،700 އަށް ކުޑަކޮށްފައެވެ.