ދުނިޔެ

ރޭލު އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވުމުން ގްރީސްގެ ޓްރާންސްޕޯޓް މިނިސްޓަރ އިސްތިއުފާދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގްރީސްގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވުމުން އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ އިސްތިއުފާ ދީފިއެވެ.

Ads by WAMCO

މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ގްރީސްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލާރިސާގެ ބޭރުގައި ވެރިރަށް އެތެންސްއިން ތެސަލޮނިކީއަށް ދަތުރުކުރަމުންދިޔަ ޕެސެންޖަރ ރޭލެއް އުތުރުގެ ސިޓީން ދަތުރުކުރި މުދާ އުފުލާ ރޭލެއްގައި ޖެހިގެންނެވެ.

ރޭލް އޮޕަރޭޓަރު ހެލެނިކް ޓްރެއިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތެންސް އިން އެރޭ 7:22 (ޖީއެމްޓީ 19:22) ގައި ފުރައިގެން ދިޔަ ޕެސެންޖަރު ރޭލުގައި ގާތްގަނޑަކަށް 350 މީހުން ތިއްބެވެ.

ގްރީސްގެ ޓްރާންސްޕޯޓް މިނިސްޓަރު ކޮސްޓަސް ކަރަމަންލިސް ބޯޓު ވެއްޓުނު ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވީ މަގާމުން އިސްތިއުފާ ދެއްވުމަކީ އޭނާގެ "ވާޖިބެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެއެވެ.

"މިއީ ދުލުން ބަޔާންކޮށްދެވޭނެ ވަރުގެ ވޭނެއްނޫން. އަދި މިއީ ފަސޭހައިން އަރައިގަނެވޭނެ ފަދަ ވޭނެއްވެސްނޫން. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުން ސިޔާސީ ނިޒާމަށް އިތުބާރު ކުރުން އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި .މިކަމަށް ކިޔަނީ ސިޔާސީ ޒިންމާއޭ." ކަރަމަންލިސް ބުންޏެވެ.

މި އެކްސިޑެންޓުގައި 66 މީހަކަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ. އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، 250 އެއްހާ ފަސިންޖަރުން ވަނީ ބަހުގައި ރައްކާތެރިކަމާއެކު ތެސަލޮނިކީއަށް ގެންގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!