ދުނިޔެ

އެމެރިކާގެ އިންޒާރެއް ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އިން ރަޝިއާ އަށް އެއްވެސް ބާވަތެއްގެ އަސްކަރީ އެހީއެއް ފޯރުކޮށް ނުދިނުމަށް އެމެރިކާ އިން ވަރުގަދަ އިންޒާރެއް ޗައިނާ އަށް ދީފި އެވެ.

Ads by Sosun Fihaara

އެމެރިކާގެ މި އިންޒާރު އައިސްފައިވަނީ ހޯމަ ދުވަހު އެމެރިކާގެ މާލީވަޒީރު ޖެނެޓް ޔެލަން ޔޫކްރޭނަށް ކުރައްވާފައިވާ ކުއްލި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔެލަން ވިދާޅުވެފައިވާ ގޮތުގައި ރަޝިއާއަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުން މާބޮޑު ނަތީޖާއެއް އަދިވެސް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާގެ އިގްތިސޯދު ބަލިކަށިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިހާތަނަށް މި ހަނގާރާމައިގައި ދެވުނު ހަމަލާތަކުން ހަލާކުކޮށްލާފައިވާ ރަޝިއާގެ ހަތިޔާރުތަކުގެ ބަދަލުގައި އައު ހަތިޔާރު ހޯދުމުގެ ގާބިލްކަން ރަޝިއާއަށް ކުޑަވެފައިވާއިރު އެއިގެ ބަދަލުގައި ރަޝިއާއަށް އައު ހަތިޔާރު ލިބެމުންދާތީ އެމެރިކާއިން ދުށް ހަނގުރާމައިގެ މި އުކުޅު މިވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި ކަމަށް ޔެލަން ވިދާޅުވެފައިވެ އެވެ.

"އަހަރެމެން ވާނީ ވަރަށް ހަރުކަށިކޮށް ވަރަށް ސާފްކޮށް ބުނެފައި. އަހަރެމެން އެއްވެސް މިންވަރަކަށް ކެތެއް ނުކުރާނަމޭ ރަޝިއާ އަށް މި ހަނގުރާމަ ކުރުމުގެ ގާބިލްކަން ނައްތާލުމުގެ ގޮތުން އެގައުމަށް އަސްކަރީ ހަތިޔާރު ހޯދުމަށް އޮތް ދޮރުތައް ބަންދުކުރުމަށް އަހަރެމެން ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު ތަކާއި ހިލާފު އަމަލެއް އެއްވެސް ގައުމަކުން ކުރުމަށް،" ޔެލަން ވިދާޅުވެފައިވެ އެވެ.

އަހަރެމެން ޗައިނާ ސަރުކާރަށް ވަރަށް ސާފްކޮށް އަދި ޗައިނާގެ ކުންފުނިތަކާއި މާލީ އިދާރާތަކަށް ސާފުކޮށްދީފައިވާނެ ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިލާފަށް އަމަލުކޮށްފިނަމަ އެއިގެ ނަތީޖާ ވަރަށް ހިތިވާނެ ކަން،"

މިދިޔަ ހަފްތާގައި އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެފައިވަނީ ޗައިނާ އިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ވިސްނަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ޗައިނާ އިން ވަނީ މިކަން ދޮގުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ޗައިނާގެ އިސް ޑިޕްލޮމެޓް ވަން ޔީ ވަނީ ރަޝިއާގެ ރައިސް ޕުޓިން އާއި މޮސްކޯގައި ބައްދަލުކުރައްވާފަ އެވެ. ގިނަ ބަޔަކު މިކަން ދެކެނީ ޗައިނާ އާއި ރަޝިއާގެ ގާތް ގުޅުމެއް އޮތްކަން އަންގައިދޭ ކަމެއްގެ ގޮތުގަ އެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅޭގޮތުން ރައީސް ޒެލެންސްކީ އެންމެ ފަހުން ވިދާޅުވެފައިވަނީ ބަހްމޫތު ސަރަހައްދުގައި ޔޫކްރޭނަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. ރަޝިއާ އިން މިއަވަށް ރަޝިއާގެ ބާރުގެ ދަށަށް ގެނައުމަށް ހަނގުރާމަ ކުރާތާ ހަމަސް ވެފައިވެ އެވެ. އަދި މިހާރު އެއަވަށަށް ދިއުމުގެ ހުރިހާ ބާރެއް އޮތީ ރަޝިއާގެ ބަޑީގެ ބާރުގެ ދަށުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!