Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ތައިލޭންޑުގައި ބޭނުންކޮށްފަ ހުންނަ މާސްކު އަލުން ވިއްކާތީ ބޮޑު ބިރުވެރި ކަމަކަށް

ތައިލެންޑުގައި ބޭނުންކޮށްފައި ހުރި މާސްކުތަކެއް އަލުން ވިއްކާ މައްސަލައެއް ފެންމަތިވެއްްޖެއެވެ.

ސަރަބޫރީ ޕްރޮވިންސްގައި ފުލުހުން ހިންގި އޮޕަރޭޝަން އެއްގައި މިގޮތަށް ބޭނުންކޮށްފައި ހުރި މާސްކު ވިއްކާކަމަށް ތުހުމަތު ކުރެވޭ ހަ މީހެއް ވަނީ ހައްޔަރު ކޮށްފައެވެ. މި މީހުން ހައްޔަރު ކުރީ ބޭނުން ކޮށްފައި ހުރި މާސްކުތަކެއް ދޮވެ އިސްތިރި ކުރަން ތިއްބައެވެ. ބަލާބެލުމަށް އެ މާސްކުތައް ހުރީ ބޭނުން ކޮށްފައިކަން ނޭނގޭ ކަަމަށް ވެސް ފުލުހުން ރިޕޯޓުކުރިއެވެ.

ހައްޔަރު ކުރި މީހުން ބުނާ ގޮތުގައި މި ފަދަ 4000 ގާތް ކުރާ ވަރަށް މާސްކު އެމީހުން ކޮންމެ ދުވަހަކު ވިއްކައެވެ.

Advertisement
Ooredoo — Square (box)

ކޮރޯނާ ވައިރަހުގެ ބިރު ބޮޑު ވެފައިވާ ދުވަސްވަރެއްގައި މި މައްސަލަ ފެންމަތި ވުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކުޑަ ފައިދާއަކަށް ގިނަ ބައެއްގެ ފުރާނަ ހަލަކު ގެ ތެރެއަށް ވައްޓާނުލުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ

ކޮރޮނާ ވައިރަހުގެ 92 ހާހަށްވުރެ ގިނަ ކޭސްވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް