ޚަބަރު

ރައްޔިތުންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތެއް އަޅުގަނޑަށް ނުދިން: ނަހުލާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދިނުމަށް އޭނާއަށް އެއްވެސް ފުރުސަތެއް ދީފައި ނުވާކަމަށް މާލެ ސިޓީގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަހުލާގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެއާއި ގުޅޭގޮތުން ކައުންސިލަރުންނާއި ކުރެވުނު ސުވާލުތަކުގެ ޖާވަބު ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.

އަދި މަޢުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ޖަވާބުދާރީވާން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމަކަށްވާއިރު ކުރެވޭ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭ ހަރުކަށި އުސޫލެއް އޮވެގެން ވާނެ ކަމަށް ނުދެކޭ ކަމަށާއި ވިލިމާލެއާއި ގުޅިގެން ބަޔަކު ސުވާލު ކުރި އިރު ވާހަކަ ދައްކަމުން ދަނިކޮށް ގަސްތުގައި އަޑު ކަނޑާލާފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

އަދި ކުރެވުނު ބައެއް ސުވާލަށް ކަމުގެ ހަގީގާތް އޮޅޭގޮތަށް ކަންހިނގާފައިވާގޮތާއި ޚިލާފަށް ޖަވާބު ދެއްވާފައިވާ ކަމަށާއި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައިވާއިރު، ވަކި ކަމެއް ކުރުމަށް ބިމެއް ދޫކުރުމުގެ ކުރިން އެކަން ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހުނު ނަމަވެސް، ކައުންސިލްގެ ތަޅުމަށް ހުށަހެޅުމެއް ނެތި އުސޫލާ ޚިލާފަށް ބައެއް ކަންކަން ކައުންސިލުން އަމިއްލައަށް ނިންމާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

Ads by HDC
  1. ލަކުޑިކަޅޭ

    މަހިތައްއަރާ މި ނަހުލާލަދެއްވެސނެތްކަން ކުރިމަތިލައިގެންއުޅުނުއިރު ގުޅޭނެ ފެންނާނެ ވާހަކަދައްކާނެގޭގެޔައްވަދެކައިބޮއެހަދާނެ މީ ނަހުލާދެއްކިވާހަކަ އެ ހެދިގޮތްރަނގަޅު

  2. ނަސްލު

    ޚުދުމުހުތާރު ވެެރިންތިބޭ ޕާޓީ ތަކުން އެގޮތަށް ނުދޭނެ…..