ޚަބަރު

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ހަތަރު މީހަކު ކުރިމަތިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ވާދަކުރަން ނިންމައި، ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަށް ހުޅުވައިލުމުން ހަތަރު މީހަކު ކުރިމަތިލައިފިއެވެ.

Ads by STELCO

މިގޮތުން ޕްރައިމަރީގައި ވާދަކުރަން ހުށަހެޅީ ކ. މާފުށީ މުޙައްމަދު މުސްތަފާ އާއި ކ. މާފުށީ ސަލްމާނު ރަޝީދާއި މާލެ އިބްރާހީމް ޝާހުގެ އިތުރުން އަބްދުﷲ ސަޢީދެވެ.

ނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީޚެއް އެމްޑީޕީން އަދި އިއުލާނެއް ނުކުރެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ދާއިރާ އަށް އަލުން މެމްބަރަކު އިންތިޚާބުކުރަން ޖެހުނީ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!