ދުނިޔެ

ޗައިނާގެ ދިފާއީ ބަޖެޓް 7.2 ޕަސެންޓް އިތުރު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ފެށުމުގެ ގޮތުން އާންމުކުރި ލިޔެކިޔުންތަކުގައި ނޫސްތަކުގެ ސުރުޚީތައް އެންމެ ބޮޑަށް އަޅައިގަތީ އެ ގައުމުގެ ދިފާއީ ބަޖެޓްގަ އެވެ.

Ads by WAMCO

ގައުމީ އިގުތިސާދީ ދުވެއްޔާ ބެހޭ ގޮތުން އާންމުކުރި ލިޔުންތައް ވެސް ހުރީ ދުނިޔޭގެ މާލީ އިދާރާތަކުން އަންދާޒާކުރި ވަރަށް ވުރެ ހަރުދަނާކޮށް އަދި ދެމެހެއްޓެނިވި ދުވެއްޔެއްގަ އެވެ.

ދިފާއީ ބަަޖެޓް 7.2 ޕަސެންޓަށް -- 224.8 ބިލިއަން ޑޮލަރަށް ބޮޑުކުރަން ހުށަހެޅި ސަބަބަކީ ވެސް އިގްތިސާދީ ދުވެލި ހަރުދަނާވުން ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

ޗައިނާއިން 2022 އަށް ކަނޑައެޅި ދިފާއީ ބަޖެޓަކީ 209.9 ބިލިއަން ޑޮލަރެވެ.

ދިފާއީ ބަޖެޓް ބޮޑުކުރުމާ މެދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ހަތިޔާރު އުފެއްދުން ކަމަށް ޗައިނާގެ އޮފިޝަލުން ބުނެ އެވެ. އެހެންނަމަވެސް ބަޖެޓް ބޮޑުކުރުމުގެ ބޭނުމަކީ ހަތިޔާރު އުފެއްދުމަށް ވުރެ ދިރާސާ އިތުރުކުރުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ ދިފާއި ނިޒާމު ޒަމާނީކޮށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ގާއިމުކުރުމަށް ފަންނީ މާހިރުންގެ އިރުޝާދު ހޯދުމަށްވެސް ވަނީ ހިމަނާފަ އެވެ.

ޓައިވާނަށް މިނިވަން ދައުލަތެއްގެ ޝަރަފު ހޯދައިދޭން މަސައްކަތްކުރާ ހުޅަނގަށް ސީދާ ޖަވާބުދާރީވުމުގައި ޗައިނާއިން މިއަހަރު މުޅިން އާ ފިޔަވަޅުތަކެއް އަޅާނެކަން ވަނީ އަހަރީ ލިޔުންތަކުގައި ހިމަނާފަ އެވެ.

އަދި ޓައިވާންގެ ހުރިހާ ބާރެއް ޗައިނާގެ މުށުތެރެއަށް ލުމަށްޓަކައި ތަފާތު ރޭވުންތަކެއް ރާވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބައިނަލްއަގްވާމީ މާހައުލުގައި ޗައިނާގެ ހައިސިއްޔަތު ފުޅާކުރުމަށްޓަކައި މިއަހަރު ހަރަކާތްތައް އަވަސްކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ޗައިނާގެ އޮފިޝަލުން ބޭރު ގައުމުތަކަށް ފޮނުވައި ޗައިނާގެ ޝާމިލްވުން ދުނިޔެއަށް ފަތުރާލުމަށް ބުރަ މަސައްކަތަކެއް ކުރުމަށްވެސް ވަނީ ރާވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!