ޚަބަރު

ޖޫސް ޓައިމަށް ގެއްލުން ދިން އިތުރު މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގެ "ޖޫސް ޓައިމް" އަށް ގެއްލުން ދިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 17 ގައި ޖޫސް ޓައިމް އަށް، ހެލްމެޓް އަޅައިގެން ވަދެ، މަރުތޭލުން އެ ތަނަށް ގެެއްލުން ދިން މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ވެސް ވަނީ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ އިއްޔެ ހައްޔަރު ކުރި ޒުވާނާ އަކީ ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!