Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

4 ކިލޯގެ މަސްތުވާތަކެއްޗާއެކު 5 ދިވެހިން ހައްޔަރުކޮށްފި

4 ކިލޯގެ މަސްތުވާތަކެއްޗާއެކު 5 ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 5 ދިވެހިން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، މިމަހު 4ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާކަމަށެވެ. އަދި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދުނުކަމަށް ޙަމީދު ވިދާޅުވިއެވެ.

ސީޕީ ޙަމިދު އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ދޮންނަ މެޝިނެއްގައި އެތަކެތި ފޮރުވާފައި ހުޓައެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/m_hameedh/status/1633042767583784962?s=46&t=w6bpAWZSfTRF1rXkgAqpIw

މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެކުރިން ވެސް ފުލުހުން ވަނީ އޮޕަރޭޝަންތައް ހިންގައި ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް