ދުނިޔެ

ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ޗައިނާއިން އެއްބަހެއް ނުވި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު ކުރިޔަށްދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ލިބެމުންދާ ރިޕޯޓްތައް ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ދޮގުކުރައްވައިފިއެވެ. މިކަން ހަރުކަށިކޮށް ދޮގު ކުރައްވަމުން ކާރިޖީ ވަޒީރު ވިދާޅުވީ ދުނިޔޭގައި ދެވަނަޔަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާ، މި ހަމަނުޖެހުންގަނޑުގެ ތެރެޔަށް ބަޔަކު ވައްދަމުން ދަނީ ނާއިންސާފުން ކަމުގައެވެ. ހަނގުރާމަ ފެށުމުގައިވެސް ޗައިނާގެ ދައުރެއް ނުވާނެ ކަމަށާ އަދި ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް ޗައިނާ ބުރަވެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއިން އެއްވެސް ފަރާތަކަށް ހަތިޔާރު ފޯރުކޮށްދީފައި ނުވާ އިރު ޗައިނާ ކުށްވެރިކޮށް ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޗިން ވިދާޅުވިއެވެ.

Ads by Sosun Fihaara

މީގެ އިތުރުން މިހަނގުރާމަ އިތުރަށް ގޯސް ކުރުމަށް ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރަމުންދާކަމަށް ހީފުޅުވާ ކަމަށާއި، އަދި މި ހަނގުރާމަ ފެށުނަ ނުދީވެސް ހުއްޓުވުނީސް ކަމަށް ވިދާޅުވެފައި ވެއެވެ.

ކުރިޔަށްދާތާ މިހާރު އެއްއަހަރު ވެފައިވާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާ އަށް މާބޮޑު ކާމިޔާބެއް ލިބޭތަން ނުފެންނަންފެށި ހަމައިން ޗައިނާއާއެކު އޮތް މަސައްކަތު ގުޅުންތައް ވަނީ ރަޝިޔާއިން ވަރުގަދަކޮށްފައެވެ. އަދި ރަޝިޔާ އަށް ހަތިޔާރު ފޯރުކޮށްދޭން ފަށާފައިވާ ކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. ނަމަވެސް މިކަން އަދި ސާބިތު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވީ އެކި ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ބަދަލުގައި މައްސަލަޔަށް ހައްލެއް ހޯދުމަށް ބޭނުންވަނީ ސަބަބުތަކާ މެދު ފުންކޮށް ވިސްނާ ބިނާކުރުވަނިވި މަޝްވަރާ ތަކަށް ދިއުން ކަމުގައެވެ. އަދި ފިއްތުންތައް ކުރިމަތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ބޭނުންވަނީ ހުރިހާ ފަރާތެއްގެ ހައްގުތަކާމެދު އިޙްތިރާމް ކުރުމާއެކު، ހިމޭންކަމާއެކު މަޑުމައިތިރިވެ ތިބެ ބާއްވާ މަޝްވަރާތަކަކަށް ދިއުން ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ކޮންމެވެސް އޮޅުވާލުމެއްގެ ތެރެއިން ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ. ޖެނުއަރީ މަހު ރައީސް ބައިޑަންގެ ސަރުކާރުން ވަނީ ރައީސް ޕޫޓިންގެ ޕްރައިވެޓް ފައުޖަށް ސެޓަލައިޓް ފޮޓޯތައް ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި، ޗައިނާގެ ސްޕޭސް، ސައިންސް އެންޑް ޓެކްނޮލޮޖީ ރިސަރޗް އިންސްޓިޓުޓަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

ޗައިނާގެ ޕާލަމެންޓްގެ ބައްދަލުވުން މިހާރު ކުރިޔަށް ދާއިރު މިއަންނަހަފްތާގައި ބައްދަލުވުން ނިމުމަށްފަހު ރައީސް ޝީ ޖިންޕިންގ ރަޝިޔާ އަށް ދަތުރުފުޅެއް ކުރައްވަން އުޅުއްވާކަމުގެ ޚަބަރުތަކެއްވެސް ޗައިނާގެ މީޑިޔާގައި ވަނީ ފެތުރިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!