ދުނިޔެ

ކޮރޯނާ ވައިރަސް އާއެކު ކޮންޑަމްތައް ހުސްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮރޯނާ ވައިރަހުގެ ބިރު ބޮޑުވެ އެ ވައިރަހުން ރައްކާތެރިވުމަށް ކޮންޑޮމް ވެސް ގަންނަން ފަށައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުގައި މިކަން ހިނގަމުންދަނީ އޮސްޓްރޭލިއާގެ އަވަށެއްގައެވެ.އެ އަވަށުގެ ގިނަ ބަޔަކު އިނގިލިތައް ފޮރުވުމަށްޓަކައި ކޮންޑަމް ބޭނުން ކުރުމުގެ ސަބަބުން އެއަވަށުން ކޮންޑޮމް ވަނީ މުޅިން ހުސްވެފައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވާން ކަމަށް ބުނެ އެމީހުން ކޮންޑޮމް ބޭނުންކުރާ ފޮޓޯ ތަކެއްވެސް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި މިކަމުން ކޮރޯނާ ވައިރަހަށް އެއްވެސް ރައްކާތެރި ކަމެއް ނުވެއެވެ. ރައްކާތެރިވުމަށް އެންމެ ރަނގަޅު ފިޔަވަޅަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމެވެ. ކޮރޯނާ ގެ ވައިރަހުގެ ބިރާއެކު ތަފާތު އެކި ހަގީގަތެއްނެތް ވާހަކަ ތައް ވެސް ދަނީ ފެތުރެމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 3000 ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!