ދުނިޔެ

ޖަރުމަނުގެ ހެމްބާގްގެ މީޓިން ހޯލެއްގައި, ބަޑިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޖަރުމަނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ހެމްބާގްގެ ހުންނަ ޖެހޯވާގެ މީޓިން ހޯލެއްގައި ބަޑިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ޖަރުމަރު ފުލުހުން ބުނިގޮތުގައި އެ މީޓިން ހޯލަށް ހަތިޔާރު އެޅި މީހެއް ވަދެ 25 ވަރަކަށް ފަހަރު ބަޑިޖަހާފައިވާއިރު މިހާތަނަށް 8 މީހަކު ވަނީ މަރުވެފައެވެ. އަދި އެތަނަށް ހަތިޔާރާއެކު ވަތް މީހާވެސް މިހާރު މަރުވެފައިވާކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހަމަލާ ދީފައިވާ މަގްސަދު އަދި އެނގިފައިނުވާކަމަށް ފުލުހުން ބުނެފައިވާއިރު މަރުވެފައިވާ މީހުންގެ ހަށިތަކުގެ ތެރޭގައި ހަމަލާ ދިން މީހާގެ ހަށިގަނޑު އޮތްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މިހަމަލާގެ ސަބަބުން ކުއްލި ސިހުމެއް ލިބިފައިވާއިރު ހަމަލާ ދެމުން ދިޔަ މަންޒަރު ފެނުނު މީހުން އިސްނަގައިގެން އެމީހުންގެ އަތުގައި އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހުރި ނަމަ އެކަމަށް ހާއްސަ ވެބްސައިޓަކަށް އަޕްލޯޑް ކުރުމަށް އެގައުމުގެ ފުލުހުން ވަނީ މިހާރު އަންގައިފައެވެ.

ފާއިތުވި އަހަރުތަކުގައި ޖަރުމަނުވިލާތުގައި ހިނގި ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތަކުގެ ސަބަބުން އެގައުމުގައި ވަނީ ހަލަބޮލިކަން އިތުރުވެފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖަރުމަރުގެ ހުޅަނގުގެ އަވަށެއް ކަމަށްވާ ހަނާއުގައިވެސް މިފަދަ ހާދިސާއެއް ހިނގައި ނުވަ މީހަކު ވަނީ ބަޑިޖަހައި މަރާލާފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!