ޚަބަރު ސިޔާސީ

ކުރީގެ ފިނޭންސް ކޮންޓްރޯލަރ އެމްއެންޕީއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފިނޭންސް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ.

Ads by STELCO
އޭނާ ސޮއި ކުރެއްވި ފޯމު ހަވާލު ކުރެއްވީ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށެވެ.

މުޙައްމަދު އަޙްމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައިފައިވާ ބޭފުޅެކެވެ.

އަދި ސަރުކާރުގައި އަދި އެކިއެކި ކުންފުނި ތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމްތަކުގައި މަސައްކަތްކުރައްވައިފައި ވެސް ވެއެވެ.

އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބޯޑް އޮފް ޑިރެކްޓަރސްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!