ޚަބަރު ސިޔާސީ

ރައްޔިތުން ތިބި ހާަލަތުން ރަނގަޅު ހާަާލަތަކަށް ގެންދިޔުމަށް މި ސަރުކާރު ވަނީ ނުކުޅެދިފައި: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުން ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދިޔުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު، އަދި ޕީޕީއެމްގެ ސެނެޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނާޒިމް މިހެން ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ހުޅުމާލެ ދާއިރާގެ ފަރާތުން ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ދަރަނި އިންތިހާއަށް އިތުރުވެފައި ވުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ އެއް ކަމެވެ. އޭނާ ވިދާޅުވީ، މިހާރު ވެރިކަމުގައި ތިއްބެވީ ދަރަނި ނުއުފައްދާނެ ކަމަށް ބުނި ބައެއް ކަމުގައި ވިޔަސް، ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވި ފަހުން، 50 އިންސައްތައަށްވުރެ ގިނަ ދަރަނި އުފެއްދީ ވެސް މި ސަރުކާރުން ކަމަށެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން. ނަތީޖާއަކަށްވީ ކޮން ކަމެއްތޯ؟ ނަތީޖާއަކަށްވީ، މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ފަރާތްތައް މިއަދު މި ސަރުކާރަށް ނޫނެކޭ ބުނެފި."

ތަޢުލީމީ ދާއިރާއާ ސިއްޙީ ދާއިރާއަށްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުން އެޅި ދަރުމަވަންތަ ހޮސްިޓަލުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތައް ނުދެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންނަށް އެއްވެސް މަންފާއެއް ލިބެނިވި ސިޔާސަތެއް އެކަށައެޅިފައި ނެތް ކަމަށެވެ.

ސަރުކާރުން ކަނޑައެޅި އެއްވެސް ސިޔާސަތެއް ރަނގަޅަށް ނުހިނގާކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ދަރަނި ކުޑަ ކުރަން ނިންމިއިރު، ދަރަނި އިންތިހާއަށް އިތުރު ވެގެން ދިޔަ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ރައްޔިތުންނާ ބައްދަލު ކުރީ، ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވެފައިވަނިކޮށް ކަމަށާއި، މި ހާލަތުން ރާއްޖެ ސަލާމަތް ކުރެވޭނީ، ރައީސް ޔާމީން އަބްދުލްޤައްޔޫމަަށް ކަމަށެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!