ޚަބަރު އިޖުތިމާޢީ

ރައީސް ނަޝީދުގެ "ކިއްލާ މާލޭ" މިރޭ ނެރެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ކިއްލާ މާލޭ" ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި ފޮތް މިރޭ ނެރުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

މި ފޮތާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ފުރަމާލޭގައި ޒަމާނުއް ސުރެ ދިރިއުޅެމުން އައި އާއިލާތަކާއި އެއާއިލާތަކުގެ މަތިކޮޅާއި ގުޅޭގޮތުން އެމަނިކުފާނު ލިޔުއްވި ފޮތެއްކަމަށެވެ.

އަދި މިއީ ދިރާސާ ފޮތެއްކަމަށާއި މިފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިކަމަށްޓަކައި މިރޭ 20:15 ގައި އެމްއެންޔޫގެ އޮޑިއޯރިއަމް ގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ރާއްޖޭގެ ތާރީހާއި ބެހޭގޮތުން އެމަނިކުފާނު ގެންދަވަނީ ފޮތް ލިޔުއްވައި ނެރެމުންނެވެ. މިގޮތުން 2020 ވަނަ އަހަރު އެމަނިކުފާނު ނެރުއްވި "ދެ ރަދުން" ފޮތަކީ ފާހަގަކޮށްލެވޭ ފޮތެކެވެ.

ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެރަދުން" މި ފޮތަކީ 1800ން، 1900ށް ދިވެހި ޤައުމުގެ ހިންގުމުގެ ކަންކަމާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ހާލަތަށް ބައްލަވައި ލިޔުއްވާފައިވާ ފޮތެކެވެ.

އެމަނިކުފާނުގެ އެންމެ ފުރަތަމަ ފޮތް ޝާއިއުކޮށްފައިވަނީ 1996 ވަނަ އަހަރުއެވެ. ދަގަނޑު ދަހަނާ" ގެ ނަމުގައި އެމަނިކުފާނު ލިޔުއްވި އެ ފޮތަކީ ބޮޑުންގެ މެދުގައި ހިނގި ކޯޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީހު ފޮތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!