ކުޅިވަރު

އިންޑިއަން ގްރޯން ޕްރީގެ 100 މީޓަރު އަދި 200 މީޓަރު ރޭހުން ސާއިދު ރަން މެޑަލް ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޓްރެވިންޑްރަމްގައި މިއަދު ފެށި އިންޑިއަން ގްރޯން ޕްރީގެ 100 މީޓަރު އަދި 200 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ސާއިދު ރަން މެޑަލް ހޯދައިފިއެވެ.

Ads by STELCO

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު މިއަދު 100 މީޓަރުގެ ރޭހުގެ ރަން މެޑަލް ހޯދީ 10.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއަދުގެ ރޭސް ދެވަނައަށް ނިންމި އިންޑިއާގެ އޮޑިޝާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. ތިންވަނައަށް ދިޔަ ދިއްލީގެ އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.

މިއަދު ސާއިދު 200 މީޓަރު ރޭހުގައިވެސް ވާދަކޮށްފައިވާ އިރު، އެ ރޭސް ސާއިދު ނިންމީ 21.68 ސިކުންތުންނެވެ. ދެވަނައަކަށް ދިޔަ އިންޑިއާ ދިއްލީގެ ޖައިނަބާލް ރޭސް ނިންމީ 22.73 ސިކުންތުންނެވެ. ދެން ރޭހުގައި ވާދަކުރީ ތިން ދުވުންތެރިން ވަނީ ސްޓާޓިންގައި ޑިސްކޮލިފައިވެފައެވެ.

މިއަދު އިންޑިއާގައި ފެށި ގްރޯން ޕްރީގައި ރާއްޖޭގެ އިތުރު ދުވުންތެރިންވެސް ބައިވެރިވަމުން ދެއެވެ. އިންޑިއަން ހައި ކޮމިޝަންގެ ސްކޯލާޝިޕެއްގެ ދަށުން އިންޑިއާގައި ދިވެހި ރާއްޖޭގެ ބައެއް އެތުލީޓުން ތަމްރީނު ފުރިހަމަކުރަމުންދާ އިރު، މިއަދު ވަނީ އަންހެން ދެ އެތުލީޓުން ކަމަށްވާ މަރިޔަމް އަލްހާ ހުސައިން އާއި އައިޝަތު ޝަބާވެސް އަންހެނުންގެ 100 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަކޮށްފައެވެ. އަލްހާ ހަ ވަނައިގައި ނިންމި އިރު، ޝަބާ ނިންމީ ހަތް ވަނައިގައެވެ.

ފިރިހެނުންގެ 800 މީޓަރު ދުވުމުގައި ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަރިޒާ) ވަނީ ވާދަކޮށްފައެވެ. އެ ގޮތުން ކުޑަރިޒާ ރޭސް ނިންމީ ހަތަރު ވަނައިގައެވެ. ކުޑަރިޒާގެ ޓައިމިން އަކީ 1 މިނެޓް 53.51 ސިކުންތެވެ.

Ads by HDC
  1. އުފަލޭ

    ސަޅިއޭ