ދުނިޔެ

އިންޑިއާ-ޗައިނާ ބޯޑަރުގެ މައުލޫމާތު އެމެރިކާއިން އިންޑިއާއަށް ފޮރުކޮށްދޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
FILE PHOTO: Pakistani Rangers (wearing black uniforms) and Indian Border Security Force (BSF) officers lower their national flags during parade on the Pakistan's 72nd Independence Day, at the Pakistan-India joint check-post at Wagah border, near Lahore, Pakistan August 14, 2019. REUTERS/Mohsin Raza
އިންޑިއާ އާއި ޗައިނާއާ ދެމެދު ދިގުލައިގެން ގޮސްފައި އޮތް ބޯޑަރު މައްސަލަތައް ކޮންޓްރޯލްކުރުމުގައި އިންޑިއާއަށް އެމެެރިކާ އެހީތެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ބޯޑަރުގެ ދެބަސްވުންތަކުގައި އިންޑިއާއަށް ކުރިލިބުމުގެ އަސްލަކީ ވެސް އެމެރިކާއިން ފޯރުކޮށްދޭ އިންޓެލިޖެންސް މައުލޫމާތު ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ހިމާލިޔާގެ އުސްބިންތަކުގައި ޗައިނާ ސިފައިންގެ ސަފުތަކުގެ ތަރުތީބު އޮންނަ ގޮތް އިންޑިއާއަށް ވަގުތުން ވަގުތަށް އެމެރިކާ ކިޔައިދޭ ކަމަށް ޔޫއެސްނިއުސް ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.

Ads by Sosun Fihaara

މީގެ އިތުރުން ސެޓެލައިޓް ޗާޓްތަކާއި މަންޒަރުތައް ފޯރުކޮށްދޭ ކަމަށް ވެސް މި އާޓިކަލްގައި ބުނެފައި ވެއެވެ.

ޔޫއެސްނިއުސްއަށް މައުލޫމާތު ފޯރުކޮށްދިން ބަޔަކާ ބެހެ ތަފުސީލު ހިމަނާފައެއް ނުވެ އެވެ. ބުނެވައި ވަނީ ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. އަދި މި މީހުންނަނީ ކަން ހިނގައި ދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގި ތިބި ބައެއް ކަމަށެވެ.

އެމެރިކާއިން ފޯރުކޮށްދިން މައުލޫމާތުގެ ސަބަބުން ބޮޑު ތަޅާފޮޅުމަކަށް ނުދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މީހަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާއަށް ލިބުނު އިންޓެލިޖެންސްއަށް ބަލައި، އިންޑިއާ ސިފައިން ކަންކުރި ގޮތުން ޗައިނާ ސިފައިންނަށް ޖެހުނީ ފަހަތަށް ޖެހެން ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްތައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ނުކުތާ އަކީ އެމެރިކާ އާއިން އިންޑިއާ އިންޓެލިޖެންސް ހިއްސާކުރަން ފެށުމުން ދުނިޔޭގެ ރައްކާތެރި ކަމަށް އަންނަ ހެޔޮ ބަދަލެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާ އެއް ރޫހެއްގައި، އޮމާންކަމާ އެކު ކުރިއަށް ދާ މިންވަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!