ދުނިޔެ

ޕަންޖާބުގެ ވޯޓް ލަސް ކުރުމަކީ ޤާނޫން ފުނޑާލުން: އިމްރާން ޚާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރުން މާލީ ދަތިތައް ހުރި ކަމަށް ބުނެ ބޭނުންވާ ފައިސާ އާއި ވޯޓުލާ މުވައްޒަފުން ދިނުމަށް ދެކޮޅު ހެދުމުން ޕާކިސްތާނުގެ އިންތިހާބީ އިދާރާތަކުން ވަނީ ސަރަހައްދީ މުހިންމު އެސެމްބްލީއެއްގެ އިންތިހާބު ފަސްކޮށްފަ އެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕަންޖާބު ޕްރޮވިންސްގައި އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަން (އީސީޕީ) އިން ބުނެފި އެވެ.

ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން ވަނީ އީސީޕީގެ މި ނިންމުމަކީ ޕާކިސްތާނުގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ.

"މިއަދު އެންމެން ވެސް ތިބެން ޖެހޭނީ ގާނޫނީ މުޖުތަމައުގެ ފަހަތްޕުޅުގައި - ޝަރުއީ ދާއިރާ އާއި ގާނޫނީ ވަކީލުން - ގާނޫނު އަސާސީ ހިމާޔަތް ކުރާނެ ކަމުގެ އުއްމީދުގައި،" ރައީސް ނަޝީދުގެ ޓްވީޓްގައި ވެ އެވެ. އެހެނީ މިއަދު އެކަން ޤަބޫލުކުރެވިއްޖެނަމަ އެއީ ޕާކިސްތާނުގައި ޤާނޫނީ ވެރިކަން ނިމުމަކަށް އައުމެވެ.

ޕޯލް ޕެނަލުން މިގޮތަށް ނިންމާފައި މިވަނީ ދެކުނު އޭޝިއާގެ އެ ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

އީސީޕީން ވަނީ އިންތިހާބު ފަސްކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ގޮތުގައި ގައުމުގެ ސަލާމަތީ ހާލަތާއި ފައިސާގެ ދަތިކަން ފާހަގަކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!